ޤައުމީ ޔުނިވަރސިޓީގެ ރަންޔޫބީލް ހަރަކާތްތައް ފަތިސް ނަމާދުން ފަށައިފި

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ރޭ ފަތިސް ނަމާދުން ފަށައިފިއެވެ. ސަލްމާން މިސްކިތުގެ ޖަމާއަތުގައި ކުރި ފަތިސް ނަމާދުގައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.

ޔުނިވަރސިޓީގެ ޖުބިލީ ދިދަ ނެގުމަށް ޚާއްޞަ ރަސްމިސްޔާތު ބޭއްވީ ފަތިސް ނަމާދަށްފަހު ބޭއްވި ހިނގާލުމަށްފަހުއެވެ. މި ހިނގާލުން ބޭއްވީ ސަލްމާން މިސްކިތް ސަރަހައްދުން ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހަށެވެ.

ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު މިއަދު ފުރުމާ ގުޅިގެން ސްޓާފުންނާއި ދަރިވަރުންގެ ކުޅިވަރު ފެސްޓިވަލް މާދަމާ ހެނދުނު ބާއްވަން ވަނީ ނިންމާފައެވެ. ކުޅިވަރު ހަރަކާތައްތައް މާފަންނު ސްޓޭޑިއަމްގެ ޓްރެކް ދަނޑުގައި މާދަމާ ހެނުނު ފެށުމުގެ ކުރިން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން އެކުވެގެން 50 އަހަރު ފުރުން ފާހަގަ ކުރުމަށް "50″ ގެ ބައްޓަމަށް އެތުރިލާނެއެވެ. އެއަށްފަހު އަހަރީ ކޭކް ފަޅާނެއެވެ.

ކުޅިވަރު ފެސްޓިވަލުގައި ހިމެނޭ ކުޅިވަރުތައް ކުރިއަށް ގެންދާނީ  ޓެރެކް ދަނޑުގެ ހަތަރު ސަރަހައްދެއްގައެވެ.

އެމްއެންޔޫއިން ބުނީ ކުޅިވަރު ހަރަކާތްތައް ހޮނިހިރު ދުވަހުގެ ހެނދު 9:30އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ފަހުން އޮންނާނީ ދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފު ކުރުމެވެ.

ރަންޔޫބީލްގެ ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެމްއެންޔޫއިން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *