އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ ތެރެއިން ތައުލީމާއި ތަޖުރިބާ ސިއްރު ފެން ފުށިން ހޯދައި ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެން ފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއެންޔޫއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނަށް ސިއްރު ފެންފުށީގެ ތަޖުރިބާކާރުންގެ ފަރާތުން މަސައްކަތުގެ އެކި ހުނަރުތައް ދަސްކޮށް، ރިސޯޓުތަކުގެ އޮޕަރޭޝަން ހިނގާ ގޮތް ކައިރިން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
އެމްއެންޔޫއިން ބުނީ، މަސައްކަތުގެ މާހައުލުގެ ތެރެއިން ދަރިވަރުންގެ ހުނަރު ތަރައްޤީވަމުން އަންނަ ގޮތް މޮނީޓާކޮށް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއާ ހިއްސާ ކުރާނެ ކަމަށެވެ.
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ ހޮސްޕިޓަރލިޓީ ދާއިރާއަށް މީހުން ބިނާކުރާ އެންމެ ބޮޑުމަރުކަޒެވެ.
advertisment
ހިޔާލު