ކޮލަމްބޯ ޕްލޭންގެ ދަށުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު

ކޮލަމްބޯ ޕެލޭން- ދަށުން ޕްބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޮލަމްބޯ ޕްލޭންގެ ދަށުން ހުޅުވާލީ ކޮރެއާގެ ކޭޑީއައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީއާއި މާސްޓަރ އޮފް ޕަބްލިކް މޭނޭޖްމަންޓްގެ އިތުރުން މާސްޓަރ އިން އިންޓެލެކްޗުއަލް ޕްރޮޕަޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީވެ ދާއިރާއިންނެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ދޮޅު އަހަރުގެ މުއްދަތުގެ މި ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ އެޑްމިޝަން ފީ އާއި ޓިއުޝަން ފީއާއި ސްޓައިޕެންޑް ކޭޑީއައި ސްކޫލުން ހަމަޖައްސައިދެއެވެ. ކިޔެވަންދިއުމާއި އައުމުގެ ދެކޮޅު ޓިކެޓް ޚަރަދު ކޮލަމްބޯ ޕްލޭންއިން ހަމަޖައްސައި ދެއެވެ. މީގެ އިތުރުން ޚަރަދެއް ކުރާނަމަ އެ ޚަރަދެއް ކުރަން ޖެހެނީ އަމިއްލައަށެވެ.

ކޯސްތަކުގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ ކޯހާ ގުޅޭ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި ވުމާއި ޕަބްލިކް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތަކަށް ވުމެވެ.

މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ 30 އޮގަސްޓްގެ 13:30ގެ ކުރިންނެވެ. ކުރިމަތިލާ ފަރާތްތަކުގެ ވަގުތީ ނަތީޖާ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު، ދާއިމީ ނަތީޖާ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އާންމު ކުރާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މި ކޯސްތަކުގެ ކިޔެވުން ފަށަނީ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *