އޭލެވެލްގައި ވެސް އަހުމަދިއްޔާގެ ކާމިޔާބީ ގުނަނީ އަދަދުތަކުން

ޕްރީ ސްކޫލު ޢުމުރު ފުރައިން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައި ދެމުން އަންނަ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކާމިޔާބީ ސާނަވީއާއި މަތީ ސާނަވީގައި ވެސް ގުނަނީ އަދަދުތަކުންނެވެ. އެހެން ސްކޫލްތަކާއި އެ ސްކޫލްގެ ތަފާތު ދައްކުވައި ދެނީ ދަރިވަރުން ހޯދާ ކާމިޔާބީގެ އަދަދުތަކުންނެވެ. މި ސަބަބާހުރެ އޯލެވެލްއަށް ވެސް އެންމެ ރަނގަޅު ސްކޫލަކީ އެއީ ކަމަށް އެ ސްކޫލުން އަބަދުވެސް ފާހަގަ ކުރެއެވެ.

އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ އޭލެވެލްއަށް ވެސް އެންމެ ރަނގަޅު ސްކީލަކީ އަޙްމަދިއްޔާ ސްކޫލް ކަމަށާއި އެއީ އަދަދުތަކުން ފެންނަން އޮތް ހަޤީގަތެއް ކަމަށެވެ.

" ރާއްޖޭގަ ތިބި އެންމެ ތަޖުރިބާކާރު ޓީޗަރުންނާއެކު އަހްމަދިއްޔާއިން މި ނެރެދައްކަނީ ނަތީޖާ" ރަޝީދު ވިދާޅުވިއެވެ.

" ދަރިވަރުންނަށް ނަތީޖާ ނެރެދޭން ކެނޑިނޭޅީ އެ މުދައްރިސުން މަސައްކަތް ކުރާނެ"

ރަޝީދު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭ ޢަމަލީ ތަޖުރިބާ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ހޯދައި ދޭ ކަމަށެވެ.

ފާއިތުވި އަހަރު އެ ސްކޫލްގެ 206 ދަރިވަރުން އޭލެވެލް އިމްތިޙާނުގައި ބައިވެރިވިއެވެ. މީގެ ތެރެއިން 87 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ތިން ދަރިވަރުން ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. ހުރިހާ މާއްދާއަކުން އޭ އަށްވުރެ މަތިން ހޯދައިގެން 25 ދަރިވަރަކަށް ހައި އެޗީވަރސް ސްކޮލާޝިޕް ލިބުނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *