ޤައުމީ ޔުނިވަރސިޓީން ބާއްވާ ތެވެލި ބައިނަލް އަޤްވާމީ ކޮންފަރެންސް ފަށައިފި

ޤައުމީ ޔުނިވަރސިޓީން ބާއްވާ ތެވެލި ބައިނަލް އަޤްވާމީ ކޮންފަރެންސް މިއަދު ހެނދުނު ފަށައިފިއެވެ. މިއީ މި ކޮންފަރެންސް ބާއްވާ ހަ ވަނަ ފަހަރެވެ. މި އަހަރުގެ ޝިޔާރަކީ "ރިސަރޗް ފޯރ އިންފޯމް ޕޮލިސީ ޑިސިޝަންސް" އެވެ.

މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދެވެ.

މާދަމާގެ ނިޔަލަށް މި ކޮންފަރެންސް ކުރިއަށް ދާއިރު، 161 ދިރާސާ ކަރުދާސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 18 ޤައުމެއްގެ 60 ބޭފުޅުން ހުށަހެޅި ކަރުދާސް ހިމެނެއެވެ. މިއީ ރާއްޖޭގައި ބާއްވާ ކޮންފަރެންސަކަށް އެންމެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅި ފަހަރެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ފާހަގަ ކުރެއްވި ގޮތުގައި ރެކޯޑް އަދަދަކަށް ކަރުދާސް ހުށަހެޅުމަކީ އެއީ  އެ ކޮންފަރެންސާމެދު އޮތް އިތުބާރު އެއް އަހަރުން އަނެއް އަހަރަށް ބޮޑު ވަމުންދާކަމުގެ ހެއްކެކެވެ.

ތެވެލި ކޮންފަރެންސަކީ ދިރާސާ ކުރުމާއި އެ ފަންނު ދިރުވައި އާލާކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.

މި ކޮންފަރެންސްގެ ތެރެއިން އިތުރު ސިންޕޯޒިއަމެއް ޔޫއެން 4ޑީއާރުއާރު އާއެކު ކުރިއަށް ގެންދާ ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާނެ ކަމަށެވެ.

2050 ވަނަ އަހަރު މަސައްކަތުގެ މާޙައުލަށް އަންނާނެ ބަދަލާއި ގުޅޭގޮތުން "އިން ދަ އިޔަރ 2050: ހޫ ވަރކްސް ވެއަރ؟"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް މިއަދު މެންދުރު ފަހު ކުރިއަށް ގެންދާނެއެވެ. އަދި

ޔޫއެންއެފްޕީއޭއާއި އެމްބީއެސްއާ އެމްއެންޔޫއާ ގުޅިގެން ރާއްޖޭގެ އާބާދީ ދަށްވަމުންދާ މައްސަލައަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޕެނަލް ޑިސްކަޝަންއެއް ވެސް ބާއްވާނެއެވެ.

ރިސާރޗް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެ އެވޯޑެއް ވެސް މި ކޮންފަރެންސްގެ ތެއިން ވަނީ ދީފައެވެ. އެއީ " އަރލީ ކެރިއަރ ރިސަރޗް އެވަރޑް"ގެ ނަމުގައި އަލަށް ރިސާރޗް ހަދާ ދަރިވަރުންނަށް ދޭ އެވޯޑަކާއި ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ކަރުދާސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަރުދާސްތައް ހުށަހެޅި ފަރާތްތަކަށް ދޭ "އައުޓް ސްޓޭންޑިން ޕެޕަރ އޮފް ދަ ކޮންފަރެންސް އެވަރޑް" އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *