ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ ކުންފުންޏާ މި މިސައްކަތް ހަވާލުކުރީ 11.91 މިލިއަން ރުފިޔާއަށް ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ އެއްބަސް ވުމުގައި ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ޙަސަންއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.
މީހުން ތަމްރީންކޮށް ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާއިރު، އެގޮތުން ރާއްޖޭގެ ހަ ސަރަޙައްދެއްގައި ޓިވެޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނުގެ އެހީގައި މީހުން ބިނާކުރަމުންދާއިރު އެއީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދާނެ މަޝްރޫއެއްކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ސްމާޓް ކްލާސްރޫމްތަކާއި އައިސީޓީ ލެބޯޓްރީއަކާއި ލައިބްރަރީއެއްވެސް ހުންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ މަލްޓިޕަރޕަސް ވޯކްޝޮޕްތައް ވެލިދޫ ޖޫނިއަރ ކޮލެޖްގައި ހުންނާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު