އެކްރެޑިޓްކޮށްދޭ ގޮތާ ޚިލާފަށް މަތީ ތަޢުލީމު ދޭ ބައެއް މަރުކަޒު ތަކުން ކޯސްތައް ހިންގާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ޢާންމު އިޢުލާނެއްގައި ބުނެފައި ވަނީ، މަތީ ތަޢުލީމު ދޭ ބައެއް މަރުކަޒުތަކުން އެ އޮތޯރިޓީން އެޕްރޫވް ކޮށްދީފައިވާ ގޮތާ ޚިލާފަށް ކޯސްތައް ހިންގާފައިވާކަން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކޯސް ހިންގާ ނިމުމުން ހުށަހަޅާ ފައިނަލް ބެޗްގެ އޮޑިޓްގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބުނީ އެޕްރޫވް ކޮށްދީފައިވާ ކޯހުގެ މޮޑިއުލްތަކާ ތަފާތު މޮޑިއުލްތަކެއް ދަރިވަރުންނަށް ކިޔަވައިދީފައިވާކަން ފައިނަލް ބެޗް އޮޑިޓް ގެ މަރުޙަލާގައި ފާގަކުރެވިފައިވާ ކަމަށެވެ.
އެމްކިޔުއޭއިން ބުނީ އެ އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭ އެކިއެކި އުޞޫލުތަކާއި ޤަވާއިދުތައް ހަދާ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަތީ ތަޢުލީމުގެ އޮޑިޓް މަރުހަލާގައި މޮނިޓަރިންގ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމާ ބެހޭ ޤަވާއިދުތައް ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
advertisment
ހިޔާލު