ފަލަސްތީނުގެ ޖެނީންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އައްޑޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުން 10426.62 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
މިއީ ނިމިދިޔަ ދިރާސީ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ދަރިވަރުން ދެ ދުވަހުގެ މުއްތައް ބެހެއްޓި ފަންޑު ފޮއްޓައް ލިބުނު ފައިސާއެވެ. ދަރިވަރުންގެ އިތުރުން އިރުޝާދިއްޔާ ސްކޫލްގެ މުވައްޒަފުންގެ އެހީތެރިކަން ވެސް ލިބިފައިވެއެވެ.
އިރުޝާދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނާސިރު ވިދާޅުވީ، ދަރިވަރުން އެއްކުރި ފައިސާ ޢަލީ ޝައުޒޫންގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ތަނުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެ ފައިސާ ހޭދަކުރާނީ ފަލަސްތީނުގެ ޖެނީންގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށެވެ.
ނާސިރު ވިދާޅުވީ އެކަކު އަނެކަކަށް، އެއްމުޖްތަމައުން އަނެއް މުޖްތަމައަށް އެހީތެރިވުމުގެ ރީތި އާދަ ދަރިވަރުންނަށް ދަސްކޮށްދީ އެކުދިން ލައްވައި އަމަލީ ގޮތުން ކުރުވަން ބާރުއަޅާން ޖެހޭ ކަމަށެވެ. ފިލާވަޅާ ގުޅުވައިގެން އެފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރުޝާދިއްޔާ ސްކޫލްގައި 150 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު