ދިރާސީ އާ އަހަރާއެކު "ޓީ ވިތް ޕްރިންސިޕަލް" ހިރިޔާއިން ފަށައިފި

ދިރާސީ އާ އަހަރާއެކު "ޓީ ވިތް ޕްރިންސިޕަލް" ހިރިޔާއިން ފަށައިފިއެވެ.

މިއީ އެ ސްކޫލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކުދިންގެ ބައިވެރިވުމާއި، ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދާއެކު ކުރިއަށް ގެންދިޔަ ސައިގައި މިފަހަރު އެ ސްކޫލްގެ ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ބައިވެރިވިއެވެ.

ނުރަސްމީ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން، ސްކޫލާ މެދު ކުދިން ދެކޭގޮތާއި ރަނގަޅު ކުރަން ހުރި ކަންތައްތައް އިތުރަށް ރަނގަޅު ކުރަން އެކުދިންގެ ޚިޔާލު ލިބިގެންދާ ކަމަށް ހިރިޔާ ސްކޫލުން ބުނެއެވެ.

ޕްރިންސިޕަލާ ބައްދަލުވެ ވާހަކަ ދައްކާލަން މިފަދަ ވަގުތެއް ލިބުމަކީ ދަރިވަރުންނަށް ވެސް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަން އެ ބައްދަލުވުން ތަކުގައި މީގެ ކުރިން ބައިވެރިވި ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

ހިރިޔާ ސްކޫލުން ބުނީ، އެ ބައްދަލުވުމުން ކިޔެވުމާއި ސްކޫލްގެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު ޚިޔާލުތައް ދަރިވަރުންގެ ފަރާތުން ލިބޭ ކަމަށާއި ސްކޫލްގެ ކަންތައްތައް ރަނގަޅު ކުރުމަށް ކުދިންގެ ވިސްނުމާއި ޚިޔާލު ހުންނަ ގޮތް އެނގިގެންދާ ކަމަށެވެ.

ޓީ ވިތް ޕްރިންސިޕަލް" ހިރިޔާއިން ފެށީ 2018 ވަނަ އަހަރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *