ދަރިވަރުންނަށް އަމާޒުކޮށް ރާއްޖޭގެ ގުދުރަތީ މާހައުލު ތަފްޞީލު ކޮށްދޭ މަސައްކަތު ފޮތެއް ނެރެފި

ދަރިވަރުންނަށް އަމާޒުކޮށް ރާއްޖޭގެ ގުދުރަތީ މާހައުލު ތަފްޞީލު ކޮށްދޭ މަސައްކަތު ފޮތެއް ނެރެފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މޯލްޑިވްސް އިން އިންތިޒާމްކޮށްގެން "އިކޯސިސްޓަމްސް އޮފް ދަ މޯލްޑިވްސް" ވޯކްބުކް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފައެވެ.

މި ފޮތުގައި ރާއްޖޭގެ ގުދުރަތީ މާހައުލާއި ތިމާވެށީގެ ނިޒާމާއި ބަޔޯޑައިވާސިޓީއާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ތަފްސީލީ މަޢުލޫމާތު ގެނެސްދީފައިވެއެވެ. ތާޖުއްދީން ސްކޫލުގައި ބޭއްވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިސްކޮށް ހުންނަވައިގެން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާ ބެހޭ ސެޝަނެއް ކުރިއަށް ގެންގޮސް، ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެކި ސްކޫލްތަކުގެ ދަރިވަރުންނާ ބައިވެރިވެފައިވެއެވެ. "އިކޯސިސްޓަމްސް އޮފް ދަ މޯލްޑިވްސް" ވޯކްބުކް އެކުލަވާލާފައިވަނީ ޔޫއެސްއެއިޑް – ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެހީގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *