ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ބައެއް ސްކޫލްތަކުގެ ކިޔަވަން ސްކޫލަށް ދިއުމުގެ ކުރިން ބައެއް ސްކޫލްތަކުގެ ދަރިވަރުން ވަނީ ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވެފައެވެ.

ހުރިހާ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ޚާއްޞަ އެސެމްބްލީއެއް ކޮންމެ ސްކޫލެއްގައި ވެސް ބޭއްވިއެވެ. އަދި ދަރިވަރުންނަށް ޚާއްޞަ ހަދިޔާއެއް ވެސް ބައެއް ސްކޫލް ތަކުން ވަނީ ދީފައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، 84،000 ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުން ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ ތެރެއިން ސަރުކާރުގެ 216 ސްކޫލެއްގައި 73078 ދަރިވަރުން ކިޔަވަމުންދާއިރު، އަމިއްލަ ސްކޫލްތަކުގައި 11،122 ދަރިވަރުން ކިޔަވަމުންދާނެ ކަމަށެވެ. މީގެ ތެރެއިން 25،000 ދަރިވަރުންނަކީ މާލޭގެ ސަރަޙައްދު ތަކުގައި ކިޔަވަމުންދާ ކުދިންނެވެ.

ސްކޫލެއްގައި ކިޔަވައި ދިނުމަށް 8359 މުދައްރިސުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެއީ ދިވެހި 6516 މުދައްރިސުންނާއި ބިދޭސީ 1843 މުދައްރިސުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *