ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ 84،000 ދަރިވަރުންނާއެކު

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު 84،200 ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުންދާނެ ކަމަށެވެ. އެއީ ސަރުކާރުގެ 216 ސްކޫލްގައި ކިޔަވަމުންދާ 73078 ދަރިވަރުންނާއި އަމިއްލަ ސްކޫލްތަކުގައި ކިޔަވަމުންދާ 11،122 ދަރިވަރުންނެވެ.

ދިރާސީ އާ އަހަރާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ޞަލާހުއްދީން ސްކޫލްގައި ކިޔަވައިދޭނެއެވެ. އެ ސްކޫލުން 1650 ދަރިވަރުންނަށް ޖާގަ ވަނީ ދީފައެވެ. އޭގެ އިތުރުން ސީއެޗްއެސްއީގެ ދަރިވަރުން ކިޔަވާނީ ހުޅުމާލޭގައި އިމާރާތް ކުރި އެ ސްކޫލްގެ އާ އިމާރާތުގައެވެ. ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ވެސް ކިޔަވަނީ އެ ސްކޫލްގެ އާ އިމާރާތުގައެވެ. ޞަލާހުއްދީނާއި ސީއެޗްއެސްއީއާއި ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. މި ތިން ސްކޫލާއެކު މާލެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދޭނީ ފަސް ސްކޫލެއްގައެވެ. އެއް ދެންފަޅިއަށް މިހާރު ކިޔަވައިދެމުން ގެންދަނީ އިއްޒުއްދީން ސްކޫލްގެ އިތުރުން ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލްގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކިޔަވަން ފަށާއިރު ސްކޫލްތަކަށް މުދައްރިސުން ހަމަވާނެ ކަމަށާއި ކިޔަވައި ދިނުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *