ރައީސް ޞާލިޙްގެ އާއިލާގެ ފަރާތްޕުޅުން ޅ. އޭއީސީއަށް 9 ކޮމްޕިއުޓަރު

ރައީސް ޞާލިޙްގެ ޢާއިލާގެ ފަރާތްޕުޅުން ޅ. އޭއީސީއަށް 9 ކޮމްޕިއުޓަރު

ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް ސޯލިހުގެ ބައްޕަ މުޙައްމަދު ޞާލިޙްގެ ހަނދާނުގައި އެ ޢާއިލާގެ ފަރާތްޕުޅުން ޅ. ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ނުވަ ކޮމްޕިއުޓަރު ހަދިޔާކުރައްވައިފިއެވެ.

މި އެހީތެރިކަމާ ގުޅިގެން އެ މަރުކަޒުން ވަނީ ހުރިހާ މުވައްޒަފުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ނަމުގައި، ޅ.ހިންނަވަރު، ނޫރާނީއާގެ އަލްމަރުޙޫމް މުޙައްމަދު ޞާލިޙުގެ އާއިލާގެ އެންމެހާ ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ޅ. އޭއީސީގެ ޕްރިންސިޕަލް ސާމަތު އާދަމް ވިދާޅުވީ ހަނދިޔާކުރި ކޮމްޕިއުޓަރުތައް ބޭނުންކުރާނީ މުދައްރިސުންގެ ބޭނުން ތަކަށް ކަމަށެވެ.

" ސްޓާފް ރޫރުމުގައި ކޮމްޕިއުޓަރުތައް ބޭނުން ކުރާނީ. މީގެ ސަބަބުން މުދައްރިސުންގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެ. ސްޓާފް ރޫމުގައި އާ ނެޓްވާރކެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދަން" ސާމަތު ވިދާޅުވިއެވެ.

536 ދަރިވަރިން ކިޔަވަމުންދާ ޅ. އޭއީސީގެ ޕްރިންސިޕަލް ސާމަތު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން އެ މަރުކަޒުން ފަށާއިރު ކޮމްޕިއުޓަރުގެ ލެބަށް ވެސް ބަދަލުތަކެއް ގެނެވި ބީޓެކްގެ ދަރިވަރުންނަށް އެތަނުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފޭނެ ކަމަށެވެ.

ޅ. އޭއީސީގައި ނިމުނު ދިރާސީ އަހަރު ކިޔަވައިދެމުން ގެންދިޔައީ ގުރޭޑް11އާ ހަމައަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *