ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހަށް މެނޭޖަރެއް ހޯދަން އިއުލާން ކޮށްފިއެވެ.
ކޮންޓެރެކްޓްގެ އުޞޫލުން ހަތަރު އަހަރު ދުވަހުގެ މުއްދަތައް އައްޔަންކުރާ މެނޭޖަރުގެ އަސާސީ މުސާރައަކީ 17,896 ރުފިޔާއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި މަހަކު 8,351 ރުފިޔާއާއި ހާޒިރީ ޢިނާޔަތުގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކު 226 ރުފިޔާ ލިބެއެވެ.
މަޤާމުގެ ޝަރުޠުގެ ތެރޭގައި ހިމެނެނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 7 އާއި 8 އަދި 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ލީޑަރޝިޕްއާއި އިދާރީ ހިންގުމުގެ ގޮތުން 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އޮޕަރޭޝަން ޕްލޭން އެކުލަވާލުމުގައި ބައިވެރިވުމާއި، އެކަންކަން ތަންފީޒް ކުރުމުގައި އެހީތެރިކަން ދިނުމާއި ކެމްޕަސްގެ މެންޑޭޓާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެ މެނޭޖްމަންޓް ނިޒާމެއް ކެމްޕަސްގައި ގާއިމްކޮށް އެ ފަދައިން ކަންކަން ރާވާ ހިންގުން ހިމެނެއެވެ.
މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތެއް ތަނުގައި އަށަގަންނަވައި ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުމާއި ކެމްޕަހުން ދަރިވަރުންނަށްދޭ އެކަޑެމިކް އެހީ އާބެހޭ ޕްރޮގްރާމް، ސްޓޫޑަންޓް ސަޕޯޓް އާ ގުޅިގެން ތަރައްޤީކޮށް، ހިންގާ ޕްރޮމޯޓް ކުރުމާއި އެކި ފެކަލްޓީ/ސެންޓަރުތަކުން ހިންގާ ކޯސްތަކުގެ މާއްދާތައް ކިޔަވައިދޭނޭ މުދައްރިސުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިމްތިހާނުތައް ހިންގުމަށް އެހީވުމާއި ދަރިވަރުންނާއި މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓަމުންދާ ތަންތަނުގައި، އެ ރެކޯޑުތައް ހުރީ ހަމައަށްތޯއާއި ތެދަށްތޯ ކަށަވަރުކުރުމާއި ހަވާލުކުރެވޭ މާއްދާ ޑެލިވަރީ މޯޑާ އެއްގޮތަށް ކިޔަވައިދޭތޯ ބެލުމަކީ ވެސް މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެ ކަމަށާއި އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން https://tinyurl.com/MNU-HR-2023-KC-126 ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
advertisment
ހިޔާލު