ދިރާސީ އާ އަހަރަށް ތައްޔާރުވާން މުދައްރިސުން އެނބުރި މަސައްކަތައް

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށާއިރު، އާ އަހަރަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންނާއި މުވައްޒަފުން ސްކޫލްތަކަށް ނުކުންނަވައިފިއެވެ. ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ވާ ގޮތުން ޓީޗަރުން ރިޕޯޓް ކުރާނީ މިއަދުއެވެ. މުދައްރިސުން މަސައްކަތައް ނުކުންނެވުމުން ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މުދައްރިސުން މަސައްކަތައް ނުކުތް އިރު، ބައެއް ސްކޫލްތަކުގެ އެސްއެމްޓީގައި މަސައްކަތް ކުރައްވާ ބޭފުޅުން މީގެ ދުވަސްތަކެއް ކުރިން ސްކޫލްތަކަށް ނުކުމެ ވަނީ މަސައްކަތް ފައްޓަވާފައެވެ. ލީޑިންގ ޓީޗަރުންނަށް ޚާއްޞަ ކޮށްގެން ބައެއް ސްކޫލްތަކުން މޯޓިވޭޝަނަލް ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. މިފަދަ ސެޝަންތައް ޓީޗަރުންނަށް އަމާޒުކޮށްގެން ވެސް ސްކޫލްތަކުން ކުރިއަށް ގެންދާނެއެވެ.

ބޮޑު ޗުއްޓީއަށްފަހު އާ އަހަރެއްގެ ކިޔެވުން ފަށާއިރު، ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *