ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ކުރިއަށް އޮތް ދިރާސީ އަހަރު ބޭނުންކުރަން ފަށާ ފުވައްމުލައް ސްކޫލް މަލްޓިޕަރޕަސް ހޯލުގެ މަސައްކަތަކީ 2021 ވަނަ އަހަރު ފެށި މަސައްކަތްކެވެ. ސަރުކާރުން އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މި މަސައްކަތަކީ، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް، ކިޔަވައިދިނުމުގެ ފެންވަރުމަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.
advertisment
ހިޔާލު