މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ކިޔަވައި ދިނުމުގެ ލައިސަންސް ދޭން ނިންމާފައިވާއިރު، ލައިސަންސް ދިނުމަށް އިދާރީ ފީއެއްގެ ގޮތުގައި ނަގާ 400 ރުފިޔާ ނުނަގާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުން ލައިސަންސް ހޯދާ ކޮންމެ ޓީޗަރަކު 400 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ.
އެ ގަވާއިދު ބުނާގޮތުން ލައިސަންސް އާ ކުރުމާއި ލައިސަންސްގެ ރޭންކް ބަދަލުކުރުމަށް ވެސް 400 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހެއެވެ. ކިޔަވައި ދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިޝަނަލް ޓީޗިންގ ލައި ސަންސް ދޫކުރުމާއި އައުކުރުމަށް ދައްކަންޖެހެނީ 200 ރުފިޔާއެވެ.
މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމަށް އެކުލަވާލި ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑްގެ ރަޖިސްޓްރާ އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަޞީރު ވިދާޅުވީ، ލައިސަންސް ދިނުމަށް ދައްކަންޖެހޭ 400 ރުފިޔާގެ ފީ ޚިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުން ދައްކަން ނުޖެހޭ ގޮތައް ނިންމެވީ އެޑިޔުކޭޝަން މިނިސްޓްރީގެ އެސްއެމްޓީން ކަމަށާއި ބޭނުމަކީ މުދައްރިސުންނަށް ލައިސަންސް ދިނުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމަކަށް ވާތީ ވީހާވެސް ލުއި ފަސޭހަކޮށް އެއްވެސް ދައްޗެއް ނެތި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

" ރަޖިސްޓްރޭޝަންގެ އިދާރީ މަރުޙަލާ ވެސް ވަރަށް ލުއި ފަސޭހަތް ޕޯޓަލްއެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި" އާތިޔާ ވިދާޅުވިއެވެ.
އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިންމައި ލައިސަންސް ކާޑް މި ފެށޭ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑީޔުކޭޝަން މިނިސްޓްރީން ބުނީ، މުދައްރިސްކަމުގެ ލައިސަންސް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއ، ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ފަންނީ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމާއި މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބައެއް ކަމު ގައި ހެދުމަށް މަގުފަހިކުރުމެވެ.
އަދި ވަޒީފާގައި ދެމިތިބޭ މުދައްރިސުންނަކީ ފަންނީގޮތުން ކުރިއަރަމުންދާ ބަޔަކަށް ހެދުމާއި ތަޢުލީމުގެ ޤާނޫނުގައި މުދައްރިސުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަ ނޑައަޅައިފައިވާ ޒިންމާތަ ކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަމާއި ހުނަރާއި މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމެވެ.
ހަތަރު އަހަރު ދުވަހަށް މުދައްރިސް ކަމުގެ ލައިސަންސް މިހާރު ޚިދުމަތުގައި ތިއްބެވި ހުރިހާ މުދައްރިސުންނަށް ވެސް ލިބޭނެ ކަމަށާއި މިއަދު ޢަމަލު ކުރަން ފެށި ގަވައިދުގެ ދަށުން ލައިސަންސް ދޭނީ މީގެ ދެ އަހަރު ފަހުން، ކިޔަވަން ފަށައި، ހަތަރު އަހަރު ކިޔެވުން ނިންމާ މުދައްރިސުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އިއްޔެ ވިދާޅުވިއެވެ.
އެ ޤަވައިދުގައި ބުނެފައިވާ ގޮތުގައި މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދޫ ކުރުމުގައި 2029 ޖަނަވަރީ 1 ވަ ނަ ދުވަހު ން ފެށިގެން ޙާޞިލުކުރާ ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދުތައް ޤަބޫލުކުރެވޭނީ އެ ސަނަދަކީ މިނިސްޓްރީން ޢާންމުކުރާ "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"ގައި ބަޔާންކުރާ މިންގަ ނޑަށް ފެތޭ ކޯހަކުން ޙާޞިލުކޮށްފައިވާ ސަނަދެއް ކަމުގައި ވާނަމަ އެވެ. 2024 ވަނަ އަހަރަކީ މުދައްރިސުން ތަމްރީނުކުރާ މުއައްސަސާތަކަށް ކޯސްތަކާއި މޮޑިއުލްތައް "ޕްރީ ސަރވިސް ޓީޗަރ އެޑިޔުކޭޝަން ސްޓޭންޑަ ރޑްސް"އާ އެއްގޮތަށް ބަދަލުކުރުމަށް ދެވޭ މުއްދަ ތެކެވެ. އެހެންކަމުން 2025 ޖަނަވަރީ 1 އިން ފެށިގެން ކޯސްތައް ކުރިއަށްގެންދަން ވާނީ މި ބަދަލުތަކާ އެއްގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
advertisment
ހިޔާލު