ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ އޮގަސްޓްމަހު ފަށާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހަމަވާނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ ކޯސްތަކަށް ކުރިމަތި ލުމުގެ ވަގުތަކީ ޖުލައި 25 ވަނަ ދުވަހުގެ 2:00އާ ހަމައަށް ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީން އޮގަސްޓް މަހުގެ އިންޓޭކަށް ހުޅުވާލީ 93 ކޯހަކުން 5440 ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތެވެ. އޭގެތެރޭގައި އަލަށް ފަށާ ތިން ކޯހެއް ހިމެނެއެވެ.
އަލަށް ފަށާ ކޯސްތަކަކީ:
1- ބެޗްލަރ އޮފް އިންޖިނިއަރިންގ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
2- ޑިޕްލޮމާއިން މެކޭނިކަލް އިންޖިނިއަރިންގ
3- މާސްޓަރސް އޮފް ސައިންސް ޖިއޯސްޕެޝައަލް ޓެކްނޮލިޖީސް ފޮރ ޑިޒާސްޓަރ މެނޭޖްމަންޓްއެވެ.
އެ ޔުނިވަރސިޓީން ބުނީ އިތުރު ތިން ކޯހެއް ފަށަން ބޭނުންވާ ހުއްދައަށް ކޮލިފިކޭޝަން އޮތޯރިޓީގައި ވަރަށް އަވަހަށް އެދޭނެ ކަމަށެވެ. އެއީ ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، ބެޗްލާސް އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް އަދި ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ހަތަރު ކޯހެއް މެރިޓް އުޞޫލުން ކުރިއަށް ގެންދާއިރު، ދެން ހުރި ކޯސްތަކަށް ޖާގަ ހަމަޖައްސަމުން ގެންދާނީ ފޯމް ހުށަހަޅާ ތަރުތީބުން ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
މެރިޓް އުޞޫލުން ކުރިއަށް ގެންދަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ކުރިއަށް ގެންދާ ބެޗްލަރ އޮފް މެޑިކަލް ލެބޯޓަރީ ސައިންސްއާއި ސްކޫލްސް އޮފް ނަރސިންގ އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގަ އާއި އެޑްވާންސް ޑިޕްލޮމާ އިން ނާސިންގެ އިތުރުން ބެޗްލަރ އޮފް ނަރސިންގއެވެ.
މި ކޯސްތަކުން ޖާގަ ދެނީ ކުރިމަތިލާ ދަރިވަރުންގެ ތަޢުލީމީ ފެންވަރަށް ބަލައިގެންނެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ އަލަށް ފަށާ ކޯސްތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މުހިންމުވެގެން ފަށާ ކޯސްތަކެއް ކަމަށެވެ.
އެމްއެންޔޫއިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
އެމްއެންޔޫގެ ފަށާ އިތުރު ކޯސްތަކާ ގުޅޭ މައުލޫމާތު https://courses.mnu.edu.mv/ އިން އިތުރު ކޯސްތަކާބެހޭ މައުލޫމާތު ލިބެން އެބަހުއްޓެވެ.
advertisment
ހިޔާލު