ވިލާ ކޮލެޖްގެ އިންޓާންޝިޕް ފެއާ މާދަމާ

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ އިންޓާންޝިޕް ފެއާ މާދަމާ ފަށާނެއެވެ.

ޖުލައި 23 ވަނަ ދުވަހު ހަވީރު 3:00 ކުން ރޭގަނޑު 10:00 ކަށް ކުރިއަށް ގެންދާ މި ފެއާގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އެސް.އެމް.އީ ހަބްގެ އެކި އެކި ވިޔަފާރި ތަކުގެ އިތުރުން، ވިލާ ކޮލެޖް ކާސްޓް ޕްރޮގްރާމްގެ ޕާޓްނަރުން މި ފެއާގައި ބައިވެރިވާނެއެވެ.

ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ކުޅިވަރު ސްޓޯލްތަކާއި ޒުވާނުންނަށް ކަމުދާނެ ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ލިބިގެންދާ ސްޓޯލްތައްވެސް މި ފެއާގެ ތެރެއިން ފެނިގެންދާނެކަމަށް އެ ސޮސައިޓީން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން މުނިފޫހި ފިލުމުވުމުގެ އެކި ހަރަކާތްތަށްވެސް މިފެއާގެ ތެރެއިން ފެނިގެންދާނެ ކަމަށް އެ ސޮސައިޓީއިން މަޢުލޫމާތު ދެއެވެ.

ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ނައިބް ރައީސް އަޙްމަދު އުވައިސް މުހައްމަދު ވިދާޅުވި ގޮތުގައި، މިފަދަ ފެއާއެއް ބޭއްވުމުގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތު ހޯދުމުގެ ފުރުސަތު

ތަނަވަސްކޮށްދީ، ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެ، ޤައުމު ބިނާކުރުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ޒުވާނުން ހެއްދެވުމެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ހަޔާ އެޑިޔުކޭޝަން ކޮމިއުނިޓީ އާއި ވިޔަފާރި ކުންފުނި ތަކާ ދެމެދު އޮތް ނެޓްވޯކިންގެ ތެރެއިން ވިޔަފާރިތަކަށް ޤާބިލު ޒުވާން މުވައްޒަފުން ހޯދައިދިނުމަށް ފަސޭހަކޮށް ދިނުމެވެ.  

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *