ތައިލެންޑްގެ އެހީގައި މާސްޓަރސްއަށް ކިޔަވަން، 19 ކޯހަށް ކުރިމަތިލީ ނުވަމީހަކު، ކޮލިފައި ވީ އެންމެ މީހެއް

ތައި އިންޓަރނޭޝަނަލް ޕޯސްޓް ގުރެޖުއޭޓް ޕްރޮގްރާމުގެ ދަށުން މާސްޓަރސްއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި ނުވަ މީހަކު ކުރިމަތިލިއިރު ކޮލިފައި ވީ އެންމެ މީހަކު ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ތައިލެންޑްގެ ޔުނިވަރސިޓީތަކުން ހިލޭ މާސްޓަސްއަށް ކިޔެވުމަށް 19 ދާއިރާއަކުން ހުޅުވާލާލިއެވެ.

ސައިންސްއާއި އިންޖިނިރިއަރިންގއާ ގުޅުން ހުރި ދާއިރާތަކަށް ހުޅުވާލި ކޯސްތަކަށް ކުރިމަތި ފަރާތްތައް އެވެލުއޭޓްކޮށް ނަތީޖާ މިހާރު ވަނީ އާންމު ކޮށްފައެވެ.

ހަޔަރއެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި މައުލޫމާތައް ބަލާއިރު، ނުވަ މީހުންގެ ތެރެއިން އަށް މީހުން ޑިސްކޮލިފައިވީ ހުށަހެޅި ބެޗްލާސް ޑިގްރީ ސެޓްފިކެޓް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލު ނުކުރުމާއި، އިނގިރޭސި ފެންވަރު އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީއެވެ.

ތައިލެންޑްގެ ޔުނިވަރސިޓީތަކުން ހިލޭ މާސްޓަސްއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތި ލި ފަރާތްތަކުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ކޮލިފައިވީ ވަލައިލަކް ޔުނިވަރސިޓީން ޑޭޓާ ސައިންސް އެންޑް އާޓިފިޝަލް އިންޓަރލިޖެންސްއިން މާސްޓަރސްއަށް ކިޔަވަން ކުރިމަތިލި ފަރާތެކެވެ.

މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ކުރާނީ ތައިލެންޑް ސަރުކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އެލަވަންސާއި ލިވިންގ އެލަވަންސާއި ސެޓެލްމަންޓް އެލަވަންސާއި ބުކް އެލަވަންސާއި ތީސީސް އެލަވަންސާއި ޓިއުޝަން ފީގެ އިތުރުން އިންސްއަރެންސްއެވެ.

ކޯސްތަކުގެ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުރިމަތިލާ ކޯހާ ގުޅޭ ދާއިރާއިން ބެޗްލާސް ޑިގްރީއެއް އޮތުމާއި،  TOEFLއިން 570 އިން ލިބިފައިވުން ނުވަތަ   IELTSއިން އޯވަރރޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުމެވެ.

އިތުރު ޝަރުޠެއްގެ ގޮތުގައި ބުނެފައި ވަނީ ކިޔެވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ ޑިފޯލްޓެއް ނެތި އެ ލޯން ދައްކަމުންދާ ފަރާތަކަށް ވުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ނުވުމާއި އެދޭ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް ނުވުމެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ކޮންމެ ކޯހަކަށް ވެސް ނޮމިނޭޓް ކުރާނީ ދެ ކެންޑިޑޭޓުން ކަމަށާއި ފައިނަލްނ ސިލެކްޝަން ހަދާނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓާއިކާ) އިން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *