ވިލާގެ ކޮލެޖްގެ ބިޒްނަސް ސޮސައިޓީން 200 އެއްހާ މީހުންނަށް ޢީދު ހަދިޔާ

ވިލާގެ ކޮލެޖްގެ ބިޒްނަސް ސޮސައިޓީއާއި ބިޒްނަސް މެނޭޖްމަންޓާ ގުޅިގެން އަޟްޙާ ޢީދު ހަދިޔާ ފަރާތުން 200 އެއްހާ މީހުންނަށް ޢީދު ހަނދިޔާ ބަހައިފިއެވެ.

އީދު ހަދިޔާ ބެހުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދުގެ ޢީދު ނަމާދަށްފަހު، ސަލްމާން މިސްކިތް ސަރަޙައްދުގައެވެ.

ވިލާ ކޮލެޖްގެ ބިޒްނަސް ސޮސައިޓީގެ ނައިބް ރައީސް އަޙްމަދު އުވައިސް މުޙައްމަދު މައުލޫމާތު ދިން ގޮތުގައި މިފަދަ ހަރަކާތެއް މި ސޮސައިޓީން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޢީދު ދުވަސްތަކުގައި ދިވެހިންގެ މެދުގައި ހަދިޔާ ބަދަލު ކުރުމުގެ ސަޤާފަތް ދިރުވާ، ދިވެހިންގެ މެދުގައި އެއްބައިވަންތަކަން އިތުރަށް އާލާ ކުރުމުގެ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *