ފާއިތުވި އަހަރު ނ. ކެނދިކުޅުދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާއިޝަތު ޝިފްނާ އިބްރާހިމް ޝާހީ ހޮވައިފިއެވެ.
ފާއިތުވި އަހަރުގެ އިނާމް ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރު ނައުޝާދު އިބްރާހިމެވެ.
އެއްވަނަ އަށް ދިޔަ ޝިފްނާ ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތް ވަނަ ހޯދާފައެވެ.
އެ ސްކޫލުގެ ގުރޭޑް 11ގައި މިހާރު ކިޔަވަމުންދާ ޝިފްނާއަކީ ޔޫނިއަރ ޕްރިފެކްޓް ކަމާއި ސީނިއާ ޕްރިފެކްޓް ކަމުގެ އިތުރުން ހައުސް ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކުރި ދަރިވަރެކެވެ.
ކެނދިކުޅުދޫ ސްކޫލްގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު