ފާއިތުވި 2022-2021 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މަރިޔަމް އިބާދާ އަބޫބަކުރެވެ. އޭނާ ވަނީ ފަސް މާއްދާއިން އޭ ސްޓަރ އާއި ތިން މާއްދާއިން އޭ ހޯދައިގެން ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ޢިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދެވެ.
އިބާދާއަކީ ލިޓްލް މެއިޑުން ހަރަކާތްތަކުން ފެށިގެން ގާލްގައިޑް ހަރަކާތްތަކުގައި ވެސް ހަރަކާތްތެރިވި ލީޑަރެކެވެ. ޕްރިފެކްޓް ކަމާއި ދިވެހި އަދަބީ ޖަމިއްޔާގެ ސެކްރެޓަރީކަމާއި ސްކޫލްގެ ވައިސްކެޕްޓަންކަން ކޮށްފައިވެއެވެ.
ހދ. އޭއީސީން ބުނީ ސާނަވީ އިމްތިޙާނުގައި އެ ސްކޫލްގެ 67 އިންސަތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފެއިވާ ކަމަށެވެ، ހަތަރު މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދަކީ ތިން މާއްދާއިން ފާސްވެފައިވަނީ 82 އިންސަތަ ދަރިވަރުންނެވެ.
އިބާދާގެ އިތުރުން ތިން ދަރިވަރަކު ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެއީ:
- އައިޝަތު މުޒުނާ މުހައްމަދު – ފަސްވަނަ
- އައިމިނަތު ރިޝްމާ ހަސަން – އަށްވަނަ
- އަހުމަދު އަތޫފު މުހައްމަދު – އަށްވަނަ އެވެ.
advertisment
ހިޔާލު