ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަހުގެ ހަރަކާތް އާޓިފިޝަލް ބީޗްގައި ބާއްވައިފި

ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަހުގެ ހަރަކާތް އާޓިފިޝަލް ބީޗްގައި ބާއްވައިފިއެވެ.

އޭލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް ފޯމް ހުށަހެޅުމާއި މައުލުމާތު ދިނުން ރޭ 10:00އާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރުންނާއެކު ތަފާތު އެތައް ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ ގޮތުންނާއި މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ވާންޖެހޭ ތައްޔާރީ ތަކުގެ މައުލޫމާތު މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދިނެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ މި ހަރަކާތް ކުރިއަށް ގެންދިޔައީ މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ވެސް ހިމަނައިގެންނެވެ.

ފަހި ދުވަހު މައުލޫމާތު ފޯރުކޮށްދިން ދާއިރާތަކުގެ ތެރޭގައި ބަހާއި އިންސާނީ ޢިލްމްތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ ، އިންޖިނިއަރިންގ ދާއިރާ، ސިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާއިރާ، ދީނީ ޢިލްމްގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.

މި އަހަރުގެ ދެ ވަނަ ސެމިސްޓަރގެ ކޯސްތަކަށް މިހާރު އިއުލާން ކޮށްފައިވާއިރު ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *