ސާފްކުރުމުގެ ހަރަކާތުގައި ގިނަ ސްކޫލްތަކުން ވެސް ބައިވެރިވެއްޖެ

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ޕާލޭ ފޯ ދަ އޯޝަންސް އިން އިންތިޒާމުކުރާ މުޅި ރާއްޖޭގައި ގޮނޑުދޮށް ސާފުކުރުމަށް މިއަދު ފެށި ހަރަކާތުގައި ސްކޫލްތަކުން ބައިވެރިވެއްޖެއެވެ.

މިއަދު ހެނދުނު 7:00ގައި ފެށި ސާފް ކުރުމުގެ ހަރަކާތުގައި އެޑިޔުކޭޝަން މިނިސްޓަރު ބައިވެރެވަޑައިގެންނެވީ ފުވައްމަލަކު ސިޓީގެ ސްކޫލްތަކުގެ ދަރިވުންނާ އެކުގައެވެ.

މިއަދު ކުރިއަށްގެންދާ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އޯޝަން ޕްލެޖު، ބީޗް ކްލީން އަޕް، އޯޝަން ލެސަން އަދި އަންޑަވޯޓާ ކްލީން އަޕްވެސް ކުރިއަށް ގެންދާނެއެވެ. ސްކޫލްތަކުގެ ދަރިވރުން ކަނޑުއަޑި ސާފުކުރުމުގައި ބައިވެރިނުވެއެވެ.

ކަނޑުތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް މިއަދު 2:30 ގައި ޔޫޓިއުބުން ދައްކަން ޕާލޭއިން ވަނީ ނިންމާފައެވެ. ޕާލޭއިން ބުނީ މި ހަރަކާތުގެ ބޭނުމަކީ ރާއްޖޭގައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބާރު އެޅުމާއި ކަމަށކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައި ބާރުއެޅުމެވެ.

ޕާލޭއިން ވަނީ މިހާތަނަށް 2.1 މިލިއަން ކިލޯގެ ޕްލާސްޓިކް ރިސައިކަލް ކުރަން ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *