އޭލެވެލްއާއި އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފައިސާގެ އެހީއެއް ދީފިއެވެ.
މި އެހީ ދީފައިވަނީ ފާއިތުވި 2022-2021 ވަނަ އަހަރު އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށެވެ. ކޮންމެ ދަރިވަރަކަށް އެ ކޮމިޓީން ދިނީ އެއް ހާސް ރުފިޔާއެވެ.
މި އެހީ ލިބުނީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 11 ދަރިވަރުންނަށާއި އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ހަތަރު ދަރިވަރުންނަށެވެ.
ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނީ މިއީ އެ ދަރިވަރުން ކުރި މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ގަދަ ދިހައަކުން ޖާގަ ހޯދާ ދަރިވަރުންނަށް މިފަދަ އެހީ އެއް ދޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
"ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމާއި ހިތްވަރު ދިނުން މީގެ ބޭނުމަކީ" އެ ކޮމީޓީގެ ރައީސާ އާމިނަތު ސުހާނާ ނައީމް ވިދާޅުވިއެވެ.
އެ ކޮމިޓީން ބުނީ ތަޢުލީމަށް ޚާއްޞަ ކޮށްގެން ކަންތައްތަކެއް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
advertisment
ހިޔާލު