އައިޝަތު މުޙައްމަދު: ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރު

ފާއިތުވި 2022-2021 ވަނަ އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު މުޙައްމަދު ނިޔާޒު ހޮވައިފިއެވެ. އައިޝަތުއަކީ ފާއިތުވި އަހަރު ބޭއްވީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގައި ތިން ވަނަ ހޯދި ދަރިވަރެކެވެ.

އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ ޔޫސުފު ނުހައިކު ނަސީމެވެ. އޭނާ ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ. ތިން ވަނައަށް ދެ ދަރިވަރަކަށް ލިބުނެވެ. އެއީ އަޙްމަދު ރައްޔާން މުޙައްމަދާއި މުޙައްމަދު ރަޒީން ޝިބާޒެވެ. ރައްޔާނަށް ސާނަވީގެ ގަދަ ދިހައެއްގެ ފަސް ވަނަ ލިބުނެވެ. ރަޒީނަށް ލިބުނީ ސާނަވީން ގަދަ ދިހައެއްގެ ތިން ވަނައެވެ.

މި ދަރިވަރުންނަށް ޢިނާމް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހުމާން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ކަލާފާނު ސްކޫލްގެ އެންމެ މޮޅު ތިން ވަނައަށް ހޮވުނު ހަތަރު ދަރިވަރުން: ތިން ވަނައަށް ދެ ދަރިވަރުން ހޮވިފައިވޭ- ފޮޓޯ| ކަލާފާނު ސްކޫލް

ސާނަވީ އިމްތިޙާނުގައި ބައިވެރިވި 83 ދަރިވަރުންގެ ތެރެއިން 22 ދަރިވަރުން ސާނަވީގެ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި ފަސް މާއްދާއިން ފާސްވި ކުދިން 74.7 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *