ގދ. ތިނަދޫ ކައުންސިލުން އިމްތިޒާމް ކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަބޫބަކުރު ސްކޫލުން ހޯދައިފިއެވެ. އަދި މުޅި މުބާރާތުގެ އެއްވަނަ ދަރިވަރަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އާހިލް ޒާހިރެވެ. އޭނާ ވަނީ 19 އަހަރުން ދށުގެ ޢުމުރު ފުރައިން ވެސް އެއްވަނަ ހޯދާފައެވެ. މުބާރާތުން ދެވަނަ އަބޫބަކުރު ސްކޫލްގެ މަރިޔަމް މައިރާ ބިންތި ހުޝާން ހޯދިއިރު، ތިން ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހުމަދު ޝަލްޝާލް ރަޝީދުއެވެ.

އެއްވަނަ ހޯދި އަބޫބަކުރު ސްކޫލުން 53 ދަރިވަރުން މި މުބާރާތުގައި ބައިވެރިވެ އޭގެ ތެރެއިން 17 ދަރިވަރަކަށް ވަނަ ހޯދިއެވެ. އަދި އެ ސްކޫލުން ވަނީ ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ޖޫނިއަރ ގްރޫޕުން އެއްވަނަ ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ޕްރީ ސްކޫލް ބައިން ތިންވަނަ ހޯދާފައެވެ.
ޤުރުއާން މުބާރާތުން ދެވަނަ ސްކޫލަކީ ތިނަދޫ ސްކޫލެވެ. އެ ސްކޫލުން ވަނީ ނުބަލައި ކިޔެވުމުން ތިން ވަނަ އަދި ޕްރީ ސްކޫލާއި ޖޫނިއަރ ބައިން ދެވަނަ ހޯދާފައެވެ. ތިން ވަނަ ހޯދީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ކުލަބު ޖަމިއްޔާ ޤުރުއާން ކުލާސްތަކުގެ ބައިން އެއްވަނަ ހޯދީ ފަހި ޤުރުއާން ކުލާހެވެ. ދެވަނަ ވިނަވި ހޯދިއިރު ތިން ވަނަ ހޯދީ ވީޓް ޖަމިއްޔާއިންނެވެ.
257 ދަރިވަރުން ޤުރުއާން މުބާރާތުގައި ބައިވެރިވިއިރު، އެއްވަނައަށް އައި ދަރިވަރުންނަށް އިނާމް ދެއްވީ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންންނެވި އިސްލާމިކް ޔުނިވަރސިޓީގެ ޕޯސްޓް ގްރެޖުއޭޓް ގެ ޑީން ޑރ. އަބްދުﷲ ޖަމީލެވެ.
advertisment
ހިޔާލު