ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އަންނަ ހޮނިހިރު ދުވަހު އާޓިފިޝަލް ބީޗްގައި ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ އެ ދުވަހުގެ ހަވީރު 4ން 10އަށެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ މި ހަރަކާތުގެ ތެރެއިން، އޭލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރުންނާއެކު ތަފާތު އެތައް ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ ގޮތުންނާއި މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ވާންޖެހޭ ތައްޔާރީ ތަކުގެ މައުލޫމާތު މި ހަރަކާތުގެ ތެރެއިން ފޯރުކޮށްދޭނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ މި ހަރަކާތް ކުރިއަށް ގެންދާނީ މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ވެސް ހިމަނައިގެންނެވެ.
ހޮނިހިރު ދުވަހު ބާއްވާ ފަހި ދުވަހުގެ ހަރަކާތުގައި މައުލޫމާތު ފޯރުކޮށްދޭނެ ދާއިރާތަކުގެ ތެރޭގައި ބަހާއި އިންސާނީ ޢިލްމްތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ ، އިންޖިނިއަރިންގ ދާއިރާ، ސިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާއިރާ، ދީނީ ޢިލްމްގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.
މި އަހަރުގެ ދެ ވަނަ ސެމިސްޓަރގެ ކޯސްތަކަށް މިހާރު އިއުލާން ކޮށްފައިވާއިރު ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.
advertisment
ހިޔާލު