ފާއިތުވި 2022-2021 ވަނަ އަހަރު ޖަމާލުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު އީޝަލް އަހުމަދު އަސްލަމް ހޮވައިފިއެވެ. އެންމެ މޮޅު ތިން ދަރިވަރުންގެ ތެރެއިން ދެވަނައަށް ދިޔައީ މަރިޔަމް މަލާކު މުޙައްމަދެވެ. ތިންވަނައަށް ދިޔައީ އިބްރާހިމް މުޒްދާން މުނާޒެވެ.
މި ދަރިވަރުންނަށް އިނާމް ދެއްވީ ރޭ ޣިޔާޘުއްދީން ސްކޫލުގައި ބޭއްވި ހަފްލާގެ ޝަރަފުވެރިމެހުމާނު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ޝާޙްއެވެ.
އެއްވަނައަށް ދިޔަ އީޝަލް ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ. ދެވަނައަށް ދިޔަ މަލާކު ވަނީ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. ޖަމާލުއްދީނުން ތިން ވަނައަށް ދިޔަ މުޒްދާން ސާނަވީން ވެސް ދިޔައީ ތިންވަނައަށެވެ.
ޖަމާލުއްދީން ސްކޫލުގެ 145 ދަރިވަރުން މިދިޔަ އަހަރު ސާނަވީ ނިންމިއިރު އޭގެ ތެރެއިން 39 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
advertisment
ހިޔާލު