ފުވައްމުލަކު ސިޓީގައި ހުންނަ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިމްތާ ހުސައިން ހޮވައިފިއެވެ.
އިމްތާ ވަނީ 2022-2021 ވަނަ އަހަރު ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ހޯދާފައެވެ. އިމްތާގެ އިތުރުން ތިން ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ.

ކިޔެވުމަށާއި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވި އިމްތާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. މަތީ ސާނަވީއަށް ކިޔަވަމުން އަންނަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ގުރޭޑް ދިހައަކާ ހަމައަށް އެ ސްކޫލުގައި 700 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު