އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަތަރު ރަށެއްގެ ސްކޫލަތަކަށް ބޭނުންވާ ސްކޫލް ބަސް ހޯދަން އިންޑިއާ ސަރުކާރާއި ދިވެހިރާއްޖެ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސް ވުމުގެ ދަށުން ސްކޫލް ބަސް ހޯދަނީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ނ. ކެނދިކުޅުދޫ އަދި ލ.ގަމުގެ ހަތަރު ސްކޫލަކަށެވެ.
ސްކޫލްތަކަށް ބަސް ހޯދުމުގެ އިތުރުން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ހިންގަން ވެސް އިނޑިޔާ ސަރުކާރާއެކު ވަނީ ސޮއިކޮށްފައެވެ.
އައްޑުއާއި ފުވައްމުލަކާއި ލ. ގަމުގައި ބަހުގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީގެ ފަރާތުންނެވެ. ސްކޫލް ކުދިންނަށް ބަސް ދަތުރުކޮށް ދެނީ ހިލެއެވެ. ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ދެމުން އަންނަނީ އެ ރަށު ސްކޫލުގެ ފަރާތުންނެވެ.
ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝަރީފު ވިދާޅުވީ އެ ސްކޫލުގައި މިހާރު ބޭނުން ކުރާ ބަސްތައް ދުވަސްވެ ބާވުމުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަންޖެހޭ ކަމަށެވެ. އެހެންވެ މިހާރަށްވުރެ ބޮޑެތި އާ ބަސްތަކެއް ލިބުމަކީ އެއީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު