"ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ވީޑިއޯ މުބާރާތް: އެންމެ މޮޅު ވީޑިއޯ އުފެއްދީ އިމާދުއްދީނާއި އިރުޝާދިއްޔާ އަދި އައްޑޫ ހައި ސްކޫލުން

ތިމާވެށީ ދުވަހަށް "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ނަމުގައި ސްކޫލްތަކަށް ހުޅުވާލި ވީޑިއޯ ހެދުމުގެ މުބާރާތުގެ ވަނަތައް އިއުލާން ކޮށްފިއެވެ.

މި މުބާރާތުގެ މަޤްސަދަކީ ޕްލާސްޓިކުގެ ސަބަބުން ވާ ގެއްލުންތަކާއި ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކަކީ ކޮބައިކަން އެކި ޢުމުރުފުރާތަކުގެ ކުދިންގެ ނަޒަރުން މީހުންނަށް ފޯރުކޮށްދިނުމާއި އެކުދިންގެ ފަންނީ ހުނަރުވެރިކަން ދައްކާލުމުގެ ފުރުޞަތު ޤާޢިމްކުރުމެވެ. މި މުބާރާތުން ކޮންމެ ކީ-ސްޓޭޖަކުން އެންމެ މޮޅު އަދި ކްރިއޭޓިވް ވީޑިއޯ ހުށަހަޅާފައިވާ ގްރޫޕަކަށް އެޑިއުކޭޝަނަލް ފީލްޑް ދަތުރެއް ލިބޭނެއެވެ. މި މުބާރާތުގައި ކީސްޓޭޖް 3 އިން 18 ގްރޫޕެއް، ކީސްޓޭޖް 4 އިން 6 ގްރޫޕެއް، އަދި ކީސްޓޭޖް 5 އިން 3 ގްރޫޕަކުން ވަނީ ބައިވެރިވެފައެވެ.

ކީ ސްޓޭޖް ތިނަކުން އެންމެ މޮޅު ވީޑިއޯއަކަށް ހޮވުނީ އިމާދުއްދީން ސްކޫލުން ހުށަހެޅި އަވަރ ކޯލް ޓު އެކްޝަންގެ ނަމުގައި އެ ސްކޫލުގެ ގުރޭޑް ހަތެއްގެ ދަރިވަރުން ތައްޔާރު ކުރި ވިޑިއޯ އެކެވެ.

ކީ ސްޓޭޖް ހަތަރަކުން އެންމެ މޮޅު ވީޑިއޯއެއް ހުށަހެޅީ ލެސް ޕްލާސްޓިކް މޯ ލައިފް ގެ ނަމުގައި އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލުން ހުށަހެޅި ވީޑިއޯއެވެ.

ކީ ސްޓޭޖް ފަހަކުން އެންމެ މޮޅު ވީޑީއޯއަކަށް ހޮވީ އައްޑީ ސީޓީގެ އައްޑޫ ހައި ސްކޫލުން ހުށަހެޅި ފްރޮމް ވަން ޖެނެރޭޝަން ޓު އަދަރއެވެ.

މި މުބާރާތުން އެންމެ މޮޅު ވީޑިއޯތައް ހުށަހެޅި ދަރިވަރުންނަށް އިނާމެއްގެ ގޮތުން ތިމާވެށީގެ ތަޢުލީމީ އަދި ތަޖުރިބާ ދަތުރެއް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *