ކުމުންދޫ ސްކޫލުން އަލަށް ބޭއްވި ކަލިނަރީ ޗެލަންޗުން ފެނުނީ އެ ސްކޫލް ދަރިވަރުންގެ ހުނަރެވެ.
މި ޗެލަންޖުގައި އެ ސްކޫލުގެ ގުރޭޑް ހަޔަކުން ދިހައެއް ހިމެނޭހެން 50 އެންހާ ދަރިވަރުން ބައިވެރިވިއެވެ. މި ޗެލަންޖް ކުރިއަށް ގެންދިޔައީ ނުވަ ގުރޫޕަށް ބަހާލައިގެން ގުރޫޕެއްގައި ހަތް ކުދިން ހިމެނޭ ގޮތަށެވެ.
ކުމުންދޫ ސްކޫލުން ބުނީ، ކަލިނަރީ ޗެލަންޖްގެ ގޮތުގައި ފުރަތަމަ ފަހަރަށް ގެންދިޔަ އެ ހަރަކާތައް ބެލެނިވެރިންނާއި ދަރިވަރުންގެ ވެސް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.

" ދަރިވަރުންގެ ހުނަރު ފެނުނީ، ގޭގައި މަންމަމެންނާއެކު މަސައްކަތް ކުރާ ކުދިންގެ ހުނަރު ވަރަށް ބޮޑަށް ފާހަގަވި. އަދި އެފަދަ ފުރުޞަތެއް ލިބުނީމާ ޝަޢުޤު އުފެދުނު ކުދިން ވެސް ތިބި" އެ ސްކޫލުން މައުލުމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.
ކުމުންދޫ ސްކޫލުން ބުނީ އެ ހަރަކާތް ކުރިއަށް ފަސްޓް އެއިޑް އާއި، ސޭފްޓީ ޓީމެއްގެ ގޮތުގައި ޓީޗަރުންނާއި، އިދާރީ މިވައްޒަފުން ހިމެނޭހެން ހުރިހާ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދިޔައެވެ.

" ކުދިން ކުރަމުންދާ މަސައްކަތް ބެލެނިވެރިން ދިޔައީ ގާތުން ބަލަމުން. ކިޔައިދިން ނަމަވެސް އަމަލީ ގޮތުން އެހީތެރިއެއް ނުވޭ. ޗެލަންޖުގައި ފެނުނީ ދަރިވަރުންގެ މަސައްކަތް. އެކުދިންގެ ހުނަރު" އޮފީޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ސްކޫލުގެ ފުރަތަމަ މުބާރާތައް ވުމުން ފޯން ބޭނުންކޮށް ވީޑިއޯ ބެލުމުގެ ކފުރުފުރުޞަތު ދަރިވަރުންނަށް ދިން ކަމަށާއި، އިތުރަށް ބޭނުންވި ބައެއް ސާމާނު ގެއިން ގެނައުމުގެ ފުރުޞަތު ދިން ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.
" ފުރަތަމަ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވުނީ. އަންނަ އަހަރުވެސް މި މުބާރާތް ބާއްވަން ވިސްނަނީ" އޭނާ ވިދާޅިވިއެވެ.
އެ ސްކޫލުން ބުނީ ކާމިޔާބު ކަމާއެކު އެ ހަރަކާތް ކުރިއަށް ގެންދެވުނީ ބެލިވެރިންގެ ފަރާތުން ތިން އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންނެވެ. އެހެންވެ ބެލެނިވެރިންނަށް ޚާއްޞާ ޝުކުރެއް އެސްކޫލުން އަދާކުރެއެވެ.
ކުމުންދޫ ސްކޫލުގައި 250 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު