ދިހަ ފުރުޞަތާއެކު ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ. މިއީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ދެވަނަ ފަހަރެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން 17 ޕްރިންސިޕަލަކު ވަނީ އެއް އަހަރު ދުވަހުގެ މާސްޓާރސް ފެންވަރަށް ތައުލީމް ހާސިލުކޮށް، ސްކޫލްތަކުގައި މަސައްކަތް ކުރައްވަމުންނެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.
ދެވަނަ ބުރުގައި އިއުލާން ކުރި ދިހަ ސްކޮލަރޝިޕްގެ މުއްދަތު ހަމަވާނީ މިމަހުގެ 11 ވަނަ ދުވަހަށެވެ.
ސްކޮލަރޝިޕަށް ހޮވޭ ޕްރިންސިޕަލުން ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއިންނެވެ.
ސްކޮލަޝިޕުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައިވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ.
އަދި މި ސްކޮލަރޝިޕްގެ ބޮންޑެއްގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަންޖެހެއެވެ.
advertisment
ހިޔާލު