އައްޑޫ ސިޓީ ފޭދޫގައި އާ ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުޞޫލުން އައްޑޫ ސިޓީ ފޭދޫގައި އާ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން އެ މަސައްކަތަށް ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވެއެވެ. އަދި އެ އިޢުލާނުގައި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ބީލަމާބެހޭ ލިޔެކިޔުންތައް ފޮނުވާނީ  500 ރުފިޔގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް މިމަހުގެ ވިހި ވަނަ ދުވަހުހެ ކުރިން ދެއްކުމުންނެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީއަކީ 500،000 ރުފިޔާއެވެ. ބީލަން ހުޅުވުން އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް އެރަށުން ހިއްކި ބިމުން 40،000 އަކަފޫޓްގެ ބިމެއް ވަނީ ސްކޫލް އަޅަން ހަމަޖައްސާދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *