ޝަރުޠު ހަމަވި 1225 ދަރިވަރުންނަށް ލޯނު ދެނީ

ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޭން ސަރުކާރުން ނިންމައި އެކަން އިއުލާން ކުރައްވައިފިއެވެ. މަތީ ސާނަވީ އިމްތިޙާން ނިންމި ދަރިވަރުންގެ މަތީ އަރުތަވެރީންގެ އިނާމް ދިނުމަށް މިހާރު ކުރިއަށް ގެންދާ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުން ކަމަށައި އެ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިޙް ވިދާޅުވީ، ނޯލާ ގުޅޭ އިތުރު ތަފްސީލް މާދަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ  މިއަހަރު 1225 ދަރިވަރުންނަށް ދޭ ލޯނާ އެކު، ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ލޯނުގެ ޖުމުލަ 3211 އަށް އަރާނެ ކަމަށެވެ.

" އަޅުގަނޑުމެން މި އަހަރު ޝަރުޠު ހަމަވެގެން މި ދޫކުރާ ލޯނުތަކުގެ ތެރޭގައި، އެއްވެސް ކުއްޖަކު މައްސަލައެއް ދިމާވެގެން ބާކީވެފައި އޮތްނަމަ، އެކަން ބަލައި، އަޅުގަނޑުމެން ސްޓޫޑެންޓް ލޯން ކަށަވަރުވެސް ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި މިހާރު އިރާދަކުރެއްވިއްޔާ ތިބޭކަށް ނުޖެހޭނެ ކަމަށާއި ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުޞަތުވެސް އޮތީ ހުޅުވިފައި ކަމަށެވެ.

" ދިވެހި ދައުލަތް އޮތީ ތިޔަ ކުދިންނާ އެކުގައި. އަދި ދިވެހި ސަރުކާރު އޮތީ ތިޔަ ކުދިން ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް. އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އަޅުގަނޑުމެން މިތިބީ އެ ފުރުޞަތު ފަހިކޮށްދީގެން" ރައީސް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *