ދަރިވަރުންގެ ސްކޮލަރޝިޕަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފި

މިއަހަރުގެ ދެވަނަ ޓާމަށް ހުޅުވާލާ ދަރިވަރުންގެ ސްކޮލަރޝިޕަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފުރުޞަތު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްގައި ދެނީ ދެވަނަ ޓާމުގުގައި އަލަށް އަންޑަރ ގުރެޖުއޭޓް އާއި ޕޯސްޓް ގުރެޖުއޭޓް ކޯސްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީ ހިލޭ އަދި ފުލް ސްކޮލަރޝިޕުގެ ދަށުން ކިޔެވުމުގެ ފުރުޞަތެވެ.

ދެވަނަ ޓާމަށް ހުޅުވާލާ ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެނީ 24 ދަރިވަރުންނަށެވެ.

އަންޑަރ ގުރެޖުއޭޓް ޓިއުޝަން ފީ ހިލޭ ކުރުން

އަންޑަރ ގުރެޖުއޭޓް ކޯސްތަކުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ދޭން ނިންމާފައި ވަނީ ފުލްޓައިމްކޮށް ކިޔަވާ 18 ދަރިވަރުންނެވެ. މި ސްކޮލަރޝިޕްގެ އަސާސީ ޝަރުޠަކީ ފުލްޓައިމް ދަރިވަރަކަށް ވުމެވެ. ޔުނިވަރސިޓީން ފީ ދައްކައި ދެނީ ކޯހުގެ ފުލްޓައިމް މުއްދަތަށް އެކަންޏެވެ.

މި ސްކޮލަރޝިޕްތަކަށް އޮންލައިންކޮށް ހުށަހެޅޭއިރު، އެންމެ ފަހުގެ ތާރީޚަކީ 31 އޮގަސްޓެވެ.

އަންޑަރ ގުރެޖުއޭޓް ފުލް ސްކޮލަޝިޕް

އަންޑަރ ގުރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދަށުން ފުރުޞަތު ދެނީ ދެ ދަރިވަރުނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ ނޫނީ ޑިގްރީއަށް ކިޔެވޭނެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ ދެއްކުމުގެ އިތުރުން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 5000 ރުފިޔާއާއި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000 ރުފިޔާ ދެއެވެ. އަދި ސްކޮލަރޝިޕް ލިބޭ ފުރތަމަ މަހު " އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5000 ރުފިޔާވެސް ދޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މި ސްކޮލަރޝިޕްގެ އަސާސީ ޝަރުޠަކީ އޯލެވެލްއާއި އެސްއެސްސީން ފަސް މާއްދާއިން އޭ ލިބިފައިވުން ނުވަތަ އެޗްއެސްއީ އޭލެވެލް އިމްތިޙާނުން މަދުވެގެން ތިން މާއްދާއިން އޭ ލިބިފައިވުމެވެ. އަދި ޔުނިވަރސިޓީއަކުން އަންޑަރ ގުރެޖުއޭޓް ކޯހެއް ހަދާފައިވުން ވެސް ޝަރުޠު ތަކުގެ ތެރޭގައި ހިމެނެއެވެ.

ޕޯސްޓް ގުރެޖުއޭޓް ޓިއުޝަން ފީ ހިލޭ ކުރުން.

ޕޯސްޓް ގުރެޖުއޭޓް ކޯސްތަކުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ދޭން ނިންމާފައި ވަނީ ފުލްޓައިމްކޮށް ކިޔަވާ ދެ ދަރިވަރުންނަށެވެ. ޔުނިވަރސިޓީން ފީ ދައްކައި ދެނީ ކޯހުގެ ފުލްޓައިމް މުއްދަތަށް އެކަންޏެވެ.

ޕޯސްޓް ގުރެޖުއޭޓް ފުލް ސްކޮލަޝިޕް

ޕޯސްޓް ގުރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދަށުން ފުރުޞަތު ދެނީ ދެ ދަރިވަރުންނަށެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ ދެއްކުމުގެ އިތުރުން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 7000 ރުފިޔާއާއި ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާމަކު 5000 ރުފިޔާ ދެއެވެ. އަދި ސްކޮލަރޝިޕް ލިބޭ ފުރތަމަ މަހު " އެސްޓްބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި 5000 ރުފިޔާވެސް ދޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މި ސޮކޮލަރޝިޕްގެ އަސާސީ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ އަންޑަރ ގުރެޖުއޭޓް ކޯހުގައި ދަށްވެގެން ސީޖީޕީއޭ 3.0 ނުވަތަ އެއާ އެއްމިންވަރެއް ހޯދާފައިވުމެވެ.

މި އަހަރުގެ ދެ ވަނަ ޓާމުގައި އަލަށް ފަށާ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް އެ ދަރިވަރަކު ކުރިމަތިލާ ކޯހާއެކު ސްކޮލަރޝިޕަށް ހުށަހެޅިދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *