ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑަރޑް" އެކުލަވައިލުމުގެ މަސައްކަތް އެމްއެންޔޫއަށް

ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑަރޑް" އެކުލަވައިލުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާ ހަވާލުކޮށްފިއެވެ.

ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތަކުގެ އެކަޑަމިކް ސްޓޭންޑަރޑް" އެކުލަވައިލުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާރޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތަލްހަތެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ އެމްއެންޔޫއިން  ދަށުން ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑަރޑް ތައްޔާރު ކުރާނީ، ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ، ދިވެހިރާއްޖޭގައި ހިންގާ ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމުތަކުގެ މިންގަނޑު އެކުލަވައިލުމުގެ މަސައްކަތެވެ. އެމްއެންޔޫއިން މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަނީ 387،000 ރުފިޔާ އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *