ގަދަ ދިހައެއްގެ ތިންވަނަ ލިބުނު ކުނބުރުދޫ ސްކޫލްގެ އީމާނަށް ރަށު ރައްޔިތުން ދިނީ ސަޕްރައިޒެއް

ގަދަ ދިހައެއްގެ ތިންވަނަ ލިބުނު ކުނބުރުދޫ ސްކޫލްގެ ފާތިމަތު އީމާނަށް އެ ރަށު ރައްޔިތުން ސަޕްރައިޒެއްދީ ރަތްދޫލައިގެ މަރުޙަބާއެއް ކިޔައިފިއެވެ.

އީމާންއާއި އޭނާގެ އާއިލާ ރަށަށް ދިއުމުން މަރުޙަބާ ކިޔަން ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބަނަދަރު ސަރަހައްދަށް އެއްވެ މަރުޙަބާގައި ބައިވެރިވިއެވެ.

ކުނބުރުދޫ ސްކޫލްގެ ޕްރިންސިޕަލް ދަރިވަރު ނޫހަށް ވިދާޅުވީ އީމާނަށް މަރުޙަބާ ކީ ރަށުގެ ހުރިހާ ރައްޔިތުން ކަމަށާއި އޭނާ ހޯދި ކާމިޔާބީގައި ސްކޫލާއި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާ ކަމަށެވެ.

އީމާންގެ ޝަރަފުގައި ރަށުގެ މުވައްސަސާތައް ގުޅިގެން ރޭގަނޑުގެ ބޮޑު ކެއުމެއްވެސް ވަނީ ބާއްވާފައެވެ.

ނިޔާޒު ވިދާޅުވީ ކުޑައިރުއްސުރެ ކިޔެވުމަށް ޚާއްޞަ ޝަޢުޤުވެރިކަމަށް ބަހައްޓާ އިމާންއާ މެދު ކުރިން ވެސް އުއްމީދު ތަކެއް ކުރެވުނު ކަމަށެވެ.

" އަޅުގަނޑުމެންނަށް އުއްމީދު އޮތް ގަދަ ދިހައެއްގައި ހިމެނެނޭނެ ކަމަށް. ތިން ވަނައިގައި ހިމެނުމަކީ އެއީ ބޮޑު ކާމިޔާބެއް" ނިޔާޒު ވިދާޅުވިއެވެ.

އީމާންއަކީ ބަސްއަހާ ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދޭ ކުއްޖެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

130 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލަށް ލިބުނު ކާމިޔާބީ ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އީމާން ބޭނުން ވަނީ ޓީޗަރެއްގެ ގޮތުގައި ކުރިއަށް ދާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *