ތެވެލި ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކުގެ ދިރާސާތައް ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޢިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްޢަޤްވާމީ މަހާސިންތާގައި ބައިވެރުމަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް އިތުރު ކޮށްފިއެވެ. ތާރީޚް މި މަޙާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 21-22 އޮގަސްޓްގައެވެ.

މިކޮންފަރެންސްގެ މުހިއްމު ތާރީޚްތައް:

އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭ ތާރީޚް: 22 މޭ 2023

އެބްސްޓްރެކްޓް ފާސްކުރާ ތާރީޚް: 22 ޖޫން 2023

ރެޖިސްޓްރޭޝަން: 03 އޮގަސްޓް 2023

ކޮންފަރަންސް ބާއްވާ ތާރީޚް: 21-22 އޮގަސްޓު 2023

ޤައުމީ ޔުނިވަރސިޓީން ބުނީ، މި އަހަރުގެ މަޙާސިންތާ ޚާއްޞަވެގެން ދާނީ ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ. މިއީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް  ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ. މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ވުމެވެ. މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް  އެހީތެރިވެދޭނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތައް އެކި ސެޝަންސްތަކުގައި ހުށަހަޅާނެއެވެ.

މި ކޮންފަރެންސަށް އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ ކޮންފަރެންސަކަށް ވެގެންދާނެއެވެ.

ތިރީގައިވާ ލިންކް ބޭނުން ކުރައްވައިގެން މި ކޮންފަރެންސްއަށް ރެޖިސްޓަރވެ އަދި އެބްސްޓްރެކްޓް ވެސް ހުށައެޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *