އެއްފައިން ފުޓްބޯޅަ ކުޅެނިކޮށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހދ. މަކުނުދު އަށް އުފަން އަހުމަދު ޝަވަން މުހައްމަދު ޕްރޮސްތެޓިކް ފައެއް ޖަހައިފިއެވެ.
މަކުނުދޫ ސްކޫލްގެ ހައުސްތަކުގެ މެދުގައި ކުޅުނު ފުޓްބޯޅަ މުބާރާތުގައި އެއް ފައިން ކުޅެނިކޮށް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ތަޢުރީފު އެނާއަށް ލިބުނެވެ. އެއް ފައިން ފުޓްބޯޅަ ކުޅެން އެނާ ދެއްކި ހުނަރު ފެނިފައި އޭނާއަށް އެހީވީ އެންސްޕާއިންނެވެ.
އެންސްޕާގެ އެހީއާއެކު އިންޑީޔާގެ ބެންގަލޫރުގެ ހޮސްޕިޓަލުން އާޓިފިޝަލް ފައެއް ޝަވަން ޖެހީ މީގެ މަހެއްހާ ދުވަސްކުރިންނެވެ.
އާޓިފިޝަލް ފައެއް ޝަވަން ޖަހައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ޕާލާސްޓިކް ފައެއް ޖެހި ނަމަވެސް އެ ފައިޖަހައިގެން ހިނގަން ޑޮކްޓަރުން ހުއްދަ ދީފައި އޮތީ ދުވާލަކު ގަޑިއެއް ހާއިރަށެވެ.
ޝަވަންގެ އާއިލާއިން ބުނީ މިހާރު ޝަވަން ރަނގަޅު ކަމަށާއި އިތުރު އެއްޗެއް ބުނަން އެނގޭނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.
advertisment
ހިޔާލު