އަޔާދާ މޯލްޑިވްސްއިން ގދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ދިނީ "ފަޔަރ ސްޓޯރމް" ސަޕްރައިޒެއް

ކުޑަކުދިންގެ ދުވަހާ ގުޅުޅުވައިގެން އަޔާދާ މޯލްޑިވްސްއިން ގދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް " ފަޔަރ ސްޓޯރމް" ސަޕްރައިޒެއް ދީފިއެވެ.

މި ސަޕްރައިޒް އިވެންޓް އޮތީ ރޭ ގދ. ގައްދޫ ރަސްފަންނު ސަރަހައްދުގައެވެ. އަލިފާނުގެ ކުޅިވަރުގެ ގޮތުގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ އަޔާދާ އިން އައި ހަތަރު މީހުންނެވެ. އެ ޝޯވް ބައި ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ.

ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ސްކޫލުން ގެންދާ ހަރަކާތުގެ ތެރޭގައި ފުރަތަމަ ވިސްނީ މެޖިކް ޝޯވއެއް ބާއްވާށެވެ.

" އަޔާދާގައި އަޅުގަނޑުމެން އެދުނީ މެޖިކް ޝޯވއެއް ބާއްވައި ދިނުމަށް. އޭރު އެ ރިސޯޓްގައި މެޖިޝަނެއް ނެތުމާއެކު އެމީހުން ބާއްވަދިނީ " ފަޔަރ ސްޓޯރމް" ޝޯވއެއް" ނާހިދާ ވިދާޅުވިއެވެ.

ނާހިދާ ވިދާޅުވީ ސަޕްރައިޒް އިވެންޓެންގެ ގޮތުގައި ބޭއްވި އެ ޝޯވއަށް ބަލަން އެރަށުގެ ކުދިން ބޮޑު އެންމެން ޖަމާވި ކަމަށެވެ.

" ކުދިބޮޑު އެންމެންނަށް ވެސް ބޮޑު އުފަލެއް ލިބުނީ. ވަރަށް އުފާވެރި މަޖާ ވަގުތު ކޮޅެއް އާއިލާތައް އެކީގައި ހޭދަކުރީ" ނާހިދާ ވިދާޅުވިއެވެ.

300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ގދ. އަތޮޅު މަދުރުސާގެ ޕްރިންސިޕަލް ވިދާޅުވީ އެ މަދަރުސާއިން އެދޭ ކޮންމެ ކަމެއްގައި އަޔާދާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ.

" އަޅުގަނޑުމެން އެދޭ ކޮންމެ ކަމެއްގައި އަޔާދާއިން ބޮޑު އެހިތެރިކަމެއް ފޯރުކޮށްދޭ" ނާހިދާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށް ވެސް ގިނަ އަދަދެއްގެ ހަދިޔާ އެ ރިސޯޓުން ފޯރކޮށްދިނެއެވެ. ކަޕް ކޭކަކާއި ޕިއްޒާއާއި މާޝްމެލޯއާއި ކަދުރު ފަދަ ބާވަތްތައް ވެސް އެ ރިސޯޓުން ހަދިޔާ ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *