ފާއިތުވި އަހަރު ހިރިޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޢާއިޝަތު މިސްކް ބިންތި ޢަބްދުﷲ ހަސީން ހޮވައިފިއެވެ.
ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ދެވަނަ ދަރިވަރަކަށް ހޮވުނީ އަހުމަދު އަކްމަލް އަސްލަމެވެ. ތިން ވަނަ ހޯދީ އަހުމަދު އަލާއު އިސްމާއީލެވެ.
ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމެވެ.
އެއްވަނަ ހޯދި މިސްކް ވަނީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ އިތުރުން ޕްރީފެކްޓްކަން އަދާކުރިއެވެ. އަދި ބެސްޓް އޯލް ރައުންޑް ގާލް ގައިޑްގެ މަގާމް ވެސް ހޯދީ މިސްކްއެވެ.

މިސްކް ވަނީ އިންޓަރ ސްކޫލް މަދަހަ މުބާރާތާއި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ކުއީންސް ކޮމަންވެލްތުގެ ލިޔުންލިޔުމުގެ މުބާރާތް-ގޯލްޑް އެވޯޑް ވެސް އެނޭ ހޯދާފައިވެއެވެ.
ދެވަނައަށް ދިޔަ އަކްމަލް ދިޔައީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ތިންވަނައަށެވެ. އަލާއު ދިޔައީ ހަތަރު ވަނަ އަށެވެ.
advertisment
ހިޔާލު