މަތީ ސަނަވީ އިމްތިހާނު 2022 ވަނަ އަހަރު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރަސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން، މި ދެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިޙަމުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A އޭ ސްޓަރ ޚާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.
ޝަރުތު ފުރިހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިއު ޕޯޓަލް މެތުވެރިކޮށް އިއުލާންގައި ބަޔާންކޮފައިވާ ލިޔެކިޔުންތަކާއި އެކު އެޕްލިކޭޝަން ހުށަހެޅުމަށް ހަޔަރ އެޑިޔުކުޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޙަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.
2022 ވަނަ އަހަރު މަތީ ސަނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރަސް ސްކޮލަރޝިޕަށް ފުރުޞަތު ދެވޭނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނނިންގް ނީޑްސް ލިސްޓް" ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ ޤައުމުތަކަކީ ދިވެހިރާއްޖެ، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ، ސާރކް ޤައުމު ތަކުގެ އިތުރަށް އޯއީސީޑީ ޤައުމުތަކެވެ.
މި ސްކޮލަރޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ފާސް ހޯދާފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.
ޝަރުތު ފުރިހަމަވާ ދަރިވަރުން ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިއު ޕޯޓަލް މެތުވެރިކޮށް އިއުލާންގައި ބަޔާންކޮފައިވާ ލިޔެކިޔުންތަކާއި އެކު އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ދެ ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 18 މަސްދުވަސްތެރޭގައި އެޕްލައިކޮށް ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަންޖެހެއެވެ.
advertisment
ހިޔާލު