"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023″ ގެ އެވޯޑް ދިނުމުގެ ޙަފްލާ ބާއްވައިފިއެވެ. ޢިއްޒުއްދީން ސްކޫލުގައި މިރޭ ބޭއްވި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ، އެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވާ، އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މިރޭ ރާއްޖޭގެ 26 ސްކޫލަކުން 37 މުދައްރިސުން ވަނީ މި އެވޯޑް ޙާޞިލުކުރައްވާފައެވެ.
3 ކެޓެގަރީއަކުން މި އެވޯޑްތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ:
– އޯލެވެލް އެލީޓް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60% އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
– އޯލެވެލް އެޗީވްމަންޓް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60% އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
– އޯލެވެލް އެކްސެލެންސް އެވޯޑް: މިއީ އެ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 އިންސައްތަ އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެވޭ އެވޯޑެއް.
މި ޕްރޮގްރާމްގެ ސަބަބުން މުދައްރިސުން އުނގަންނައިދިނުމުގައި ކުރިއަރައި ދިއުމަށާއި ރަނގަޅު ނަތީޖާ ހޯއްދެވުމުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ އެވެ. އަދި ދަރިވަރުންނަށް ނަމޫނާ ދެއްކުމުގައި މެދުނުކެނޑި އެންމެ އުސް ހަރުފަތުގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެއެވެ.
"ސްކޫލް ވެހި" ޕްރޮގްރާމަކީ ސްކޫލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މި މިނިސްޓްރީ އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބިނާކުރަނިވި އުނގަންނައިދިނުމުގެ ޙަރަކާތްތައް ތަރައްޤީކުރުމަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިހާރު މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 153 ސްކޫލުން ބައިވެރިވެއެވެ.
advertisment
ހިޔާލު