ޔުނިވަރސިޓީން ދަސްކޮށްދޭނީ ކަންކަމާ ދޭތެރޭ ވިސްނާނެ ގޮތް، އަޞްލު އެއްޗެއް އެނގެނީ މަސައްކަތުގެ ދާއިރާއަށް ނުކުތުމުން

ޔުނިވަރސިޓީން ދަސްކޮށްދޭނީ ކަންކަމާ ދޭތެރޭ ވިސްނާނެ ގޮތް، އަޞްލު އެއްޗެއް އެނގެނީ މަސައްކަތުގެ ދާއިރާއަށް ނުކުތުމުން ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ޢިލްމް އުނގެނުމަކީ ދުވަހަކު ވެސް ނިމޭނެ ކަމެއްނޫން ކަމަށެވެ.

" ދަސްވެނީންނަށް ދަންނަވަން އޮތް ވާހަކައަކީ މިއަދު ނިމުނީކީ ނޫނޭ ފެށުނީއޭ"

އަސްލަމް ވިދާޅުވި ގޮތުގައި، ޔުނިވަރސިޓީން ކޮށްދޭ އެންމެ ބޮޑުކަމަކީ ލޯ ހުޅުވާލަދިނުން ކަމަށާއި ކަންކަމާ ދޭތެރޭ ވިސްނާނެ ގޮތް ދަސްކޮށްދީ، ކަންކަން ދަސްކުރަން ދަސްކޮށްދިނުމެވެ.

ގުރެޖުއޭޓް ވެގެންއައިއިރު ލައްކައެއްޗެއް އެނގޭއޭ ހިތަށް އެރިކަމަށެވެ. އެކަމަކު ކަންއޮތީ އެހެން ނޫންކަމަށް ސިއްޙީ ދާޢިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށް ދަސެވެނިވި ކުދިންނާ މުޙާޠަބުކޮށް އަސްލަމް ވިދާޅުވިއެވެ.

" އަޞްލު އެއްޗެއް އެނގެނީ މަސައްކަތުގެ ދާއިރާއަށް ނުކުތީމާ" އަސްލަމް ވިދާޅުވިއެވެ.

އެހެންވެ އުނގެނުމުގެ މަތީގައި ދެމިތިބުމަށް އޭނާ ވަނީ އެ ހުރިހާ ދަރިވަރުންނަށް ގޮވާލައްވާފައެވެ.

އަސްލަމް ވިދާޅުވީ ސިއްޚީދާއިރާއަކީ ވަކިން އޮންނަ ދާއިރާއެއް ނޫން ކަމަށާއި އެއީ މުޅިގަޢުމުގެ އިގްތިޞާދާއި އިޖްތިމާޢީ ކަންކަމާއެކު ހުރިހާ ކަމަކާ ގުޅިފައިވާ ދާއިރާއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދަސްވެނިވި ދަރިވަރުންގެ ކިބައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު ސިފައަކީ އޯގާތެރިކަމެވެ. މީހަކު ބަލިވެގެން ޑޮކްޓަރެއްގެ ކައިރިއަށް، ހެލްތްވޯކަރެއް ނޫނީ އެ ދާއިރާގެ މީހެއްގެ ކައިރިއަށް ދާނީ ވަރަށް ބޮޑު އިތުބާރަކާއި އުއްމީދަކާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނަ މީހުންގެ ޝަކުވާ ހުންނަ ކަމަށެވެ.

" ގިނަ ފަހަރަށް އަޅާލުމާއި އޯގާތެރިކަން ނުފެނުނީމާ މީހުންނަށް ކުރާ އަސަރެއް ކުރަނީ"

އަސްލަމް ވަނީ އެ ހުރިހާ ދަސްވެނިންވެސް ޚިދުމަތް ދިނުމުގައި އޯގާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މާދަމާގެ ރެއާ ހަމައަށް ދަސްވެނިވުން ކުރިއަށް ގެންދާއިރު، 900 ދަރިވަރުން ދަސްވެނިވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *