ގއ. އޭއީސީގެ މައޫޝް ރަށުން ކިޔަވައިގެން އޭލެވެލްގެ ތިން މާއްދާއިން ވެސް ދުނިޔޭގެ ގަދަ ފަހެއްގައި

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުސްވި އަހަރު އޭލެވެލް ހެދި އަހްމަދު މައޫޝް ސަބްރީ އޭލެވެލްގެ ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނިއްޖެއެވެ.

ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭލެވެލްއިން އެއްވަނަ ހޯދި މައޫޝް ވަނީ ބިޒްނަސްއިން ދުނިޔެއިން ތިންވަނަ، އެކައުންޓިންގ އިން ދުނިޔެއިން ހަތަރުވަނަ، އިކޮނޮމިކްސްއިން ދުނިޔެއިން ފަސް ވަނަ ހޯދާފައެވެ. އަދި އިކޮނޮމިކްސްއިން މުޅި ރާއްޖެއިން އެއްވަނަ ވެސް އޭނާ ހޯދާފައިވެއެވެ. މިއީ މިހާތަނަށް އަތޮޅުތެރޭގެ ސްކޫލެއްގެ ދަރިވަރަކު ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

މައޫޝް، ކިޔެވުމުގައި ދޮންބެއާ ޖެހި ވާދައިން އޭލެވެލްއިން އެއްވަނަ

" ރަށުން ކިޔަވައިގެން މިވަރުގެ ކާމިޔާބެއް ހޯދުމަކީ އެއީ ވަރަށް ބޮޑު އުފަލެއް" ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހިފައި ހުރި މައޫޝް ދަރިވަރު ނޫހަށް ބުންޏެވެ.

މައޫޝް ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔައި ގއ. އޭއީސީން ބުނީ " މައޫޝް ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތައުލީމީ ކާމިޔާބީތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަތީ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންގެ ތެރެއިން ޖާގަ ހޯދާފަ އެވެ. އޭނާގެ ބުރަ މަސައްކަތާއި، އިޚްލާޞްތެރިކަމާއި، ފަޚުރުވެރިވާ ކަމަށެވެ."

ރައީސްގެ ސްކޮލަރޝިޕާއެކު މައޫޝް ބޭނުންވަނީ އިނގިރޭސި ވިލާތުން ޗާޓަރޑް އެކައުންޓެންޓަކަށް ވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *