ތ ވިފުށީ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ލޯގޯ ފަރުމާކުރުމަށް އެ ސްކޫލުން ހުޅުވާލައިފިއެވެ. އާންމުކޮށް އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ލޯގޯ ފަރުމާކުރަން ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ ފަރާތަކަށް އެއް ހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައަޅާފައެވެ.
ލޯގޯ ފަރުމާކުރަން ކަނޑައަޅާފައިވާ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ކޮޕީކޮށްފައި ނުވާ މުޅިން އަމިއްލަ ވަންތަ ލޯގޯއަކަށް ވުމެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއް، ކުންފުންޏެއް ރަމްޒުކޮށްދޭ ސިފައެއް ބޭނުން ނުކުރުމާއި ފަސޭހައިން ކަނޑާނެގޭ، އަދި ގްރޭ ސްކޭލްގައި ވެސް ޕްރިންޓްކުރުމަށް އެކަށީގެންވާގޮތަށް ފަރުމާކުރުމާއި އެ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ލޯގޯގެ މައިގަނޑު ކުލައެއްގެ ގޮތުގައި ނޫކުލަ ހުންނަންވާނެ ކަމަށާޢި ނޫކުލަ އާއިއެކު ރަންކުލަ (ގޯލްޑް)، ރަތް ކުލަ އަދި ހުދު ކުލަ ބޭނުންކުރުން އެދެވިގެންވާ ކަމަށް ވެސް ވިލުފުށީ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
ވިލުފުށީ ސްކޫލުން ބުނީ، ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވަނަ ދުވަހުގެ 12:00ގެ ކުރިން ކަމަށެވެ. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ ދެ ލޯގޯއެވެ.
ވިލުފުށީ ސްކޫލް ފެށީ 27 އޯގަސްޓް 1948 ގައެވެ.
advertisment
ހިޔާލު