ޒިކުރާ ކޮލެޖުން ބޭއްވި ދަރިވަރުންގެ ދީނީ ސުވާލު މުބާރާތުން އެއްވަނަ ސަޚާއަށް

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަކޮށްގެ 1444 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުނު ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރަމަޟާން މަހުގެ 01 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ސްޓޫޑެންޓް ސަރވިސް ޕޯޓަލް މެދުވެރިކޮށް ކޮންމެ ދުވަހަކު ވަނީ ސުވާލެއް ހުށަހަޅާފައެވެ.  ހުރިހާ ސުވާލެއްގެ ޖަވާބު ފަސް ފަސް ދަރިވަރުން ރަނގަޅު ކޮށްފައިވާތީ ވަނަތައް ހޮވާފައިވަނީ ގުރުވަތު ލައިގެންނެވެ. މި މުބާރާތުގެ އެއް ވަނަ ލިބިފައިވަނީ  ފާތިމަތު ސަޚާ އަށެވެ. ދެވަނަ އަނާ އަބްދުﷲ،އަށް ތިންވަނަ ލިބުނީ މުޙައްމަދު ޣާނިމް ފަތުހީ އަށެވެ. ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރި އިތުރު ދެ ދަރިވަރުންނަށް ވެސް ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ދިނުމަށް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ. މިދެ ދަރިވަރުންނަކީ ސައިފުﷲ އިދުރީސް އާއި އާމިނަތު ރައުދާ އެވެ.

މިމުބާރާތުގެ ޤަވާއިދާއި އެއްގޮތަށް އެއް ވަނަ ދެ ވަނަ އަދި ތިން ވަނައަށް ދާ ދަރިވަރުންނަށް ފައިސާގެ އިނާމު ދެވޭނެއެވެ.

މި މުބާރާތުގެ މަޤްޞަދަކީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ކިޔަވާ ދަރިވަރުންނަކީ އިސްލާމްދީނާއި އިސްލާމީ ތާރީޚް އަދި އިސްލާމީ ސަގާފަތަށް އަހުލުވެރިވެފައިވާ ދަރިވަރުންތަކަކަށް ހެދުމާއި، ދަރިވަރުންނާއި ކޮލެޖާ ދެމެދު އޮންނަ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *